ނެޓްވޯކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، އިންޓަނެޓް މެދުވެރިކޮށް ދެމުންއައި ހިދުމަތްތައް ވަގުތީ ގޮތުން މެދުކެނޑިފައިވާ ކަމަށް ފުލުހުން ބުނެފިއެވެެ.

ފުލުހުން ބުނީ އެހިދުމަތުގެ ނެޓްވޯކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، އިންޓަނެޓް މެދުވެރިކޮށް ދެމުންއައި ހިދުމަތްތައް ވަގުތީ ގޮތުން މެދުކެނޑިފައިވާ ކަމަަށެވެ. މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދޭ ކަމަށް ވެސް ފުލުުހުން ބުނެއެެވެ.

ފުލުހުން އިތުރަށް ބުނީ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފުލުހުންގެ ނެޓްވޯކަށް މައްސަލަ ދިމާވީ ކޮން ސަބަބާ ގުޅިގެން ކަމެއް ހާމައެއް ނުކުރެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން