އެމްޑީޕީގެ ރައީސް އަބުދުﷲ ޝާހިދު އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއާ ގުޓަރޭސް އާއި ބައްދަލުކުރަށްވައިފިއެވެެ.

އެމްޑީޕީގެ ރައީސް އަބުދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުވަސްތަކަކަށްފަހު އެމެރިކާ އާއި އދ އަށް ޒިޔާރަތްކުރއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ޝަރަފެއް ކަމަށެވެ. އދ ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވީ މިދަތުރުފުޅުގައި އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއާ ގުޓަރޭސްއާ ބައްދަލުކުރައްވައި އެމްޑީޕީން ބައިނަލް އަގުއާމީ އެކި ފަރާތްތަކާއެކު ކުރަމުންދާ މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.



ޝާހިދު ވިދާޅުވީ އދ އިން ކުރަންޖެހޭ މަސައްކަތަކީ އެންމެ މަތީ ފެންވަރުގައި ޑިޕްލޮމެސީއަށް އެހީތެރިވުމާއި، މައްސަލަތަކުގެ މެދުވެރިއެއްގެ ދައުރު އަދާކޮށް އިތުބާރު އުފެއްދުމާއި، ބައިބައިވެފައިވާ އަދި ކޯޅުންތަކުގެ އަސަރުކޮށްފައިވާ މާހައުލުތަކުގައި ސުލްހަވެރިކަން އުފެއްދުން ކަމަށެވެ. އަދި އެއްވެސް ފަރާތަކަށް ނުބަލާ ޝާމިލުވުމުގެ ތެރެއިން، ދެމެހެއްޓެނިވި ސުލްހައާއި އެއްބާރުލުން ހޯދުމަށްޓަކައި ހުރިހާ މުޖުތަމަޢުތަކަށް ބޭނުންވާ ވަސީލަތްތަކާއި ތަމްސީލުވުން ލިބިފައިވާ ތަނަކަށް ހަދަން މަސައްކަތް ކުރަންޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން