ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަ ކޮށްފިއެވެ.

ދުނިޔޭގެ ޖަނަވާރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހެވެ. ޖަނަވާރުންނާބެހޭ މިނިސްޓްރީން ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖަނަވާރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭގެ އާޓިފިޝަލް ބީޗުގައި ޚާއްޞަ ފެއާއެއް ވެސް މިއަދު ބާއްވާފައެވެ.

ތަފާތު ގިނަ އެންޖީއޯތަކާ ގުޅިގެން ބޭއްވި މި ފެއާގައި ފަންޑްރެއިޒިންގެ ހަރަކާތެއް ވެސް ކުރިއަށް ގެންދިޔައިރު، ޖަނަވާރުންނާއި ގުޅޭ ތަފާތު އެކި މައުލޫމާތުދީ، އެތަކެތި ބަލާ ޑޮކްޓަރުން މެދުވެރިކޮށް ހިދުމަތް ލިބޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފަ އެވެ.

މި ފެއާގެ ތެރެއިން "ފޮޓޯ ވިތު މައި ޕެޓްސް" ގެ ނަމުގައި ޚާއްޞަ މުބާރާތެއް ވެސް ވަނީ ފަށާފައެވެ. މި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި މުބާރާތަށް ހުށަހަޅާ ފޮޓޯތަކުގެ ތެރެއިން އެންމެ މޮޅު ފޮޓޯއެއް ހުށައަޅާ ތިން ފަރާތަކަށް އިނާމު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ސަރުކާރުން ރާއްޖޭގައި އަލަށް ޖަނަވާރުންގެ ދުވަހެއް ފާހަގަ ކުރަން ނިންމި އިރު މި ސަރުކާރުން ވަނީ މާލެ ސަރަހައްދުގައި އުޅޭ ބުޅާތަކަށްވެސް ޚާއްޞަ ހިޔަލެއް ހަދާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން