ފެމެލީ އެންޑް ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓްރީގެ އިސް ދެ ވެރިއަކު އެހެން ދެ މިނިސްޓްރީއަކަށް ބަދަލު ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓްރީގައި މަސައްކަތް ކުރައްވާ، ސްޓޭޓް މިނިސްޓަރު އާމިނަތު ހުސައިން ޝަރީފާއި ޑެޕިއުޓީ މިނިސްޓަރު އައިމިނަތު ނަމްޒާ މިހާރު ވަނީ އެހެން ދެ މިނިސްޓްރީއަކަށް ބަދަލު ކުރައްވާފައެވެ.

އެގޮތުން، ނަމްޒާ ބަދަލު ކުރައްވާފައިވަނީ ލޯކަލް ގަވަރނަންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ. އަދި އައިމިނަތު ޙުސައިން ޝަރީފު ބަދަލުކުރެއްވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ.

މި ބަދަލުތައް ގެނައިކަން ސަރުކާރުން ހާމަކޮށްފައި ނުވީނަމަވެސް، މިނިސްޓްރީގެ ބައެއް އޮފިޝަލުންވަނީ ބައެއް ނޫސްތަކަށް މިކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް މި ބަދަލު ގެންނަން ނިންމި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ފެމެލީ ޑިވެލޮޕްމަންޓްގެ ސިޔާސީ މަގާމުގައި ތިއްބެވި އިސް ދެ ބޭފުޅެއްގެ މަގާމު ބަދަލު ކުރައްވާފައި މިވަނީ މިނިސްޓްރީގެ ތެރޭގައި އިސް މުވައްޒަފަކަށް ދަތިކޮށް ވަޒީފާއިން ވަކިވާން މަޖުބޫރު ކުރުވިކަމުގެ ތުހުމަތު ކުރެވިފައިވަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން