އިންޑިއާގެ އީޒް މައި ޓްރިޕުން އަލުން ބުކިންތައް ރާއްޖެއަށް ފަށައިފި އެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު މި އަހަރު ޖެނުއަރީ މަހު ގުޅުން ގޯސްވި ދުވަސްވަރު އިންޑިއާގެ އެކި ފަރާތްތަކުން ރާއްޖެ ބޮއިކަޓް ކުރަން ގޮވާލި ދުވަސްވަރު އީޒްމައިޓްރިޕްސްއިން ރާއްޖެއަށް ބުކިންތައް ވަނީ ހުއްޓާލައިފަ އެވެ.

ނަމަވެސް މިދިޔަ މޭ މަހު އަލުން ބުކިންތައް ފެށި ނަމަވެސް އޭރު އެކުންފުނިން އެކަމަކަށް އެއްބަހެއް ނުވިއެވެ.

އެކަމަކު އެ ކުންފުނިން އޭރު ބުކިންތަކެއް ކޮންމެވެސް ވަރަކަށް އޭރު ހެދިކަމަށް މިހާރު ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް ފަހުން އެކަން ހުއްޓާލިކަމަށް ވަނީ ބުނެފަ އެވެ.

އީޒް މައި ޓްރިޕްގެ ކޯ ފައުންޑަރު އަދި ސީއީއޯ ޕިޓީ ވިދާޅުވީ ބުކިންތައް އަލުން ފެށީ ރާއްޖެއާ އިންޑިއާގެ ގުޅުންތައް މިހާރު ރަނގަޅުވަމުންދާތީ އާއެކު ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީގެ ވަފުދެއް އެ ޓްރެވަލް އެޖެންޓުގެ އޮފީހަށް ކުރި ޒިޔާރަތަށް ފަހު ދެކެވުނު ވާހަކަތަކުގެ މައްޗަށް ކަމަށެވެ.

އިންޑިއާއާ ރާއްޖޭގެ ގުޅުން ގޯސްވުމުން އިންޑިއާގެ ފަތުރުވެރިން ރާއްޖެ އަންނަލެއް މަދުވުމުން ބިލިއަނެއްހާ ރުފިޔާގެ ގެއްލުން ލިބުނުކަމަށް ވަނީ އަންދާޒާ ކުރެވިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން