އާންމު ރައްޔިތުންނަށް ނަމޫނާއަކަށް ވުމަށް ކުރީގެ ނާއިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ގޮވާލައްވައިފިއެވެ.
މީސް މީޑީއާގައި މިއަދު ޙިއްސާ ކުރެއްވި މެސެޖެއްގައި ޑރ. ޖަމީލް ވިދާޅުވީ މިއަދު މަގާމުގައި ހުންނެވުމުން ކޮންމެ ވާހަކައެއްވެސް ރައީސް މުޢިއްޒަށް ދެއްކެވިދާނެ ކަމަށެވެ. ނަމަވެސް ރައީސް މީގެކުރިން ދެއްކެވި ގިނަ ވާހަކަތަކާ ޙިލާފުވެފައިވާ ކަމަށް ޑރ. ޖަމީލް ވަނީ ތުހުމަތު ކުރަށްވާފައެވެ.
“ހުސްގޮނޑި، ރައީސް ޔާމީނު މިނިވަންކުރުން، އިންޑިއާ ސިފައިން، ގެއްލުނު ކަނޑު، މާލޭ ރައްޔތުންގެ ފްލެޓްތަކާ ބިންތައް، 3 ބްރިޖް، ރަސްމާލެ ޓަނަލް، ވަޢުދުފޮތް. މަނިކުފާނު އުފަންކުރި، ފަތުރަމުންދާ ދޮގުތަކުން ބައެއް!” ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.
އެހެންކަމުން ޑރ. ޖަމީލް ވަނީ އެންމެ ފުރަތަމަ ރައީސް މުޢިއްޒު ކުރަށްވަންވީ ކަމަކީ އަމިއްލަ ނަފްސު އިސްލާޙު ކުރެއްވުން ކަމަށްވެސް ވިދާޅުވެފައެވެ.
“މަނިކުފާނުގެ ސަބަބުން ދޮގާ މަކަރު ހެދުން އެއީ މިއަދު ގައުމީ ރުކުނަކަށް ވެއްޖެ! މަނިކުފާނުގެ ރޯލް މޮޑެލްއަކީ އަދުރޭ! ވައްކަން، ހުތުރު އެއްޗެހި ކިއުން އެއީ ތިޔަ ސަގާފަތުގެ ސުންނަތް!” ޑރ. ޖަމީލް އިތުރަށް ވިދާޅުވެފައިވެއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވެފައިވާއިރު ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަ ކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ދޮގާއި ދޮގު ޚަބަރު ފެތުރުމަކީ ދިވެހި މުޖްތަމައުގައި މޫލާފައި އޮތް ބޮޑު ހަލާކެއް ކަމަށް ވިދާޅުވެފައެވެ.
އަދި ބައެއް ފަހަރު ފަތުރާ ދޮގު ޚަބަރުގެ ސަބަބުން މުޅި ދިވެހި ދައުލަތަށް އޭގެ އިންތިހާ ގެއްލުން ފޯރާފައި އެބަހުރި ކަމަށް ރައީސް މުޢިއްޒު މިއަދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު