އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް
ދިވެހިންނަށް ލިބުނު އެންމެ އަގުހުރި ނިއުމަތަކީ މާއްތަވެގެންވާ އިސްލާމްދީން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި މީސް މީޑިއާގައި މިއަދު ޙިއްސާ ކުރެއްވެވި މެސެޖެއްގައި ފައްޔާޒް ވިދާޅުވީ މިއަދަކީ އިސްލާމީ ހިދާޔަތުގެ އަލިގަދަ ނޫރުން މުޅި ރާއްޖެއަށް އަލިކަން ގެނުވިތާ 871 އަހަރު ފުރުމުގެ އުފާވެރި މުނާސަބަތު ކަމަށެވެ.

އެހެންކަމުން ދުވަހުގެ ހެޔޮއެދުންތައް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަށްވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ހަމައެއާއެކު ދިވެހިންނަށް ލިބުނު އެންމެ އަގުހުރި ނިޢުމަތަކީ އިސްލާމްދީން ކަމަށް ފައްޔާޒް ވިދާޅުވެފައިވެއެވެ.

“ދިވެހި ތާރީހާއި ތަރިކައާ ވަކިނުކުރެވޭ މުހިންމު ބަޔަކަށް އެ މުއްދަތުގެ ތެރޭގައި އިސްލާމް ދީން ވަނީ ވެފައި. އެއީ ދިވެހިންނަށް ލިބުނު އެންމެ އަގުހުރި ނިއުމަތް.” ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް މިހެން ވިދާޅުވެފައިވާއިރު ދިވެހިރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ސަރުކާރުން މިއަދު ވަނީ ޚާއްސަ ހަފްލާއެއް ބާއްވަވާފައެވެ. މި ޖަލްސާގައި ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރި ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި، އިނާމާއި، ހަނދާނީ ލިޔުން ދެއްވުން ވެސް އޮތެވެ.

ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން