ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
މިވެރިކަމަށް އަހަރު ވެގެންދާއިރު ވައުދުވިގޮތަށް އެއްވެސް ކަމެއް ނުކުރެވޭ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވެފައިވަނީ ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ޖަލްސާގައި ދޮގުވާހަކަ ފެތުރުމާ ގުޅޭގޮތުން ރައީސް މުޢިއްޒު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

އެގޮތުން ރައީސް ވަނީ މަކަރާ ހީލަތުން ބޮޑެތި ފަސާދަތައް އުފަން ކުރަނީ ކީއްވެގެންތޯ ސުވާލު ކުރަށްވައި ފިތުނައިގެ އަލިފާނުން މުޅި ގައުމީ ފޭރާން އަޅިއަށް ހެދުމަކީ ޙައްޤު ނޫންކަމަށް ވިދާޅުވެފައެވެ.

ރައީސްގެ ވާހަކަފުޅަށް ރައްދު ދެއްވަމުން އަމީރު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ދޮގާއި މަކަރާއި ހީލަތުން އެހެން މީހުންގެ ނަފުސު ކަތިލައިގެން ކަމަށެވެ. އެހެންކަމުން، މިއަދު ރައީސް މުޢިއްޒު ދެއްކެވީ އެމަނިކުފާނު ދެއްކެވުމަށް އެންމެ މުނާސަބު ވާހަކަތަކެއް ނޫން ކަމަށް އަމީރު ވިދާޅުވިއެވެ.

“ވެރިކަމަށް އަހަރު ވެގެންދާއިރު ވައުދުވި އެއްވެސް ކަމެއް އެގޮތަށް ނުދޭ! މުޅި ޤައުމުގަ ވައްކަމާއި ފަސާދަ އާންމުކޮށްފި. ދޮގާއި މަކަރުން އެންމެ ފުރަތަމަ ދުރުވާންވީ ގައުމުގެ ރައީސް!” ރައީސް މުޢިއްޒަށް ރައްދު ދެއްވަމުން އަމީރު ވިދާޅުވިއެވެ.

އަމީރު މިހެން ވިދާޅުވެފައިވާއިރު ރައީސް މުޢިއްޒު މިއަދު ވިދާޅުވީ ދިވެހި މުޖުތަމަޢުގައި ދޮގު ޚަބަރު ފެތުރުން އޮތީ މޫލާފައި ކަމަށާއި ބައެއް ފަހަރަށް ފަތުވާ ދޮގު ޚަބަރުތަކުގެ ސަބަބުން ދައުލަތަށް ވެސް އެކަމުގެ ގެއްލުންވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން