ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް
ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް
އަމިއްލަ ގޯއްޗެއް އަދި ފްލެޓެއްވެސް ނެތް ކަމަށް ވިދާޅުވެ ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް ރައީސް ޔާމީނަށް ރައްދު ދެއްވައިފިއެވެ.

މިނިސްޓަރ ފައިސަލް މިމޭރުމުން ރައީސް ޔާމީނަށް ރައްދު ދެއްވާފައިވަނީ މިނިސްޓަރ ފައިސަލް މާލެއިން ބިމެއް ބައްލަވައިގެންފައިވާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަ ފުޅަކާ ގުޅިގެންނެވެ.

އެގޮތުން ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބުރާސްފަތި ދުވަހުރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ، “މިހާރު އަބްދުއްރަހީމްގެ ފައިސަލް ވެސް މާލެ އިން ބިން ގަނެފި” ކަމަށެވެ.

އެކަމާ ގުޅިގެން ރައްދުގައި ފައިސަލް ވިދާޅުވީ ރައީސް ޔާމީން އުޅުއްވަނީ ވަރަށް ބޮޑަށް ޒާތީވެގެން ކަމަށެވެ. އަދި ރޯ ބުހުތާނު ދޮގު ހައްދަވައިގެން ފިތުނަ ފަސާދަ އުފެއްދުން ހުއްޓާލުމަށް ފައިސަލް ވަނީ ރައީސް ޔާމީނަށް ނަސޭޙަތްތެރި ވެފައެވެ.

“އަޅުގަނޑުގެ އަމިއްލަ ގޯއްޗެއް ފްލެޓެއް އެއްވެސް ތަނަކު ނެތް. އަމިއްލަ ރަށުގައި ވެސް ނެތް. މާލޭގައި ވެސް ނެތް. ރަށަށް ދިޔަސް މި ހުންނަނީ އަޅުގަނޑުގެ ބައްޕަގެ ގޭގައި.” ފައިސަލް ވިދާޅުވި އެވެ.

ފަހަކަށް އައިސް މިނިސްޓަރ ފައިސަލް އާއި ރައީސް ޔާމީން އާ ދެމެދު ދަނީ ބަހުގެ ޙަމަލާތައް ބަދަލު ކުރަމުންނެވެ.

މިކަން ފެށީފައިވަނީ ރައީސް ޔާމީން މިހާރު ހުންނެވީ ސިޔާސީ މައިދާނުން އެކަހެރިކޮށްފައި ކަމަށް ފައިސަލް ވިދާޅުވުމާ ގުޅިގެންނެވެ. އަދި ރައީސް ޔާމީނަކީ ކިބުރުވެރި އަދި ޒާތްކޮޅު ބޮޑު ބޭފުޅެއް ކަމަށްވެސް ފައިސަލް ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން