ޓީޗަރުންނަކީ އުއްބަތިތަކެއް ފަދަ ބައެއްގެ ގޮތުގައި ސިފަކުރަށްވައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ޓީޗަރުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި އެވެ.

ބައިނަލްއަޤުވާމީ މުދައްރިސުންގެ ދުވަހާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި މުދައްރިސުންނަކީ އުއްބަތިތަކެއް ފަދަ ބައެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެެވެ. އަދި އެހެން މީހުންނަށް އަލިކުރުމަށްޓަކައި އުއްބައްތިތައް ވިރިގެންދާއިރު، އޭގައިވާ ހުޅުކޮޅުން އެތައް ހާސް ބައްތިއެއް ދިއްލައިދޭ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި އެއީ ކޮންމެ މީހަކު ވެސް އެ އަލިކަމުގެ ތެރެއިން އަމިއްލައަށް ކުރިއަށް ދިއުމަށް ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު 5 ވަނަ ދުވަހެވެ. ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް ސުކޫލުތަކުގައި މި ފެށޭ ހަފުތާގައި ގިނަ ހަރަކާތްތަކެއް ހިންގަން ވަނީ ރާވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން