ޝާން މުހައްމަދު   5 އޮކްޓޯބަރު 2024 - 18:22
އަވައްޓެރި އިންޑިޔާގެ ފިލްމީތަރި ސޯނަމް ކަޕޫރް ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަތުވެއްޖެއެވެ.

ބޮލީވުޑުގެ މަޝްހޫރު ގިނަ ފިލްމުތަކެއް ކުޅެފައިވާ ބަތަލާ ސޯނަމް ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައިވާކަން ހާމަވެފައި ވަނީ އޭނާ މީސް މީޑިޔާގައި ހިއްސާކުރި ޕޯސްޓަކުންނެވެ.

"ހެލޯ ފްރޮމް މޯލްޑްސް"، މިހެން އިންސްޓަގްރާމްގައި ގައި ލިޔެ ރާއްޖެއަށް އައިސްފައިވާކަން ސޯނަމް އިއުލާންކޮށްފައި ވާއިރު އޭނާ ރާއްޖެ އައިސްފައިވަނީ ކޮން ދުވަހެއްގައި ކަމެއް އަދި އެނގިފައި ނުވެއެވެ. އިންސްޓަގްރާމްގައި ސޯނަމް ހިއްސާ ކުރި ފޮޓޯއެއްގައި އޭނާ ވަނީ ޗުއްޓީ ހޭދަކުރަމުން އަންނަނީ ވަން އެންޑް އޮންލީ ރީތިރަށުގައި ކަމަށް ބުނެފައެވެ.

އިންޑިޔާގެ ބައެއް ނޫސްތަކަށް ވެސް މި ޚަބަރު އަރާފައިވާއިރު މައުލޫމާތު ލިބޭ ގޮތުގައި ސޯނަމް ޗުއްޓީއަށް އައިސްފައިވަނީ ފިރިމީހާ، އާނަންދު އަހޫޖާއާއި ދަރިފުޅާއެކުއެވެ. ނަމަވެސް މިހާތަނަށް އެމީހުންގެ ފޮޓޯއެއް ސޯނަމް އާންމު ކޮށްފައެއް ނުވެއެވެ.

ސޯނަމް މީގެ ކުރިންވެސް ޗުުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައިވާކަން ފާހަގަ ކުރެވެއެވެ.

މިއަހަރު ސޯނަމް އަށް 39 އަހަރު ފުރިފައިވާއިރު އޭނާ އަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު، އަނިލް ކަޕޫރުގެ ދޮށި ދަރިފުޅުކަން ފާހަގަ ކުރެވެއެވެ. ސޯނަމް އެކްޓިން ދާއިރާއަށް ނުކުމެފައިވަނީ 2007 ވަނަ އަހަރުއެވެ. އެގޮތުން އެންމެ ފުރަތަމަ އޭނާ ކުޅެފައިވަނީ "ސާވަރިޔާ" ނަމަކަށް ކިޔާ ފިލްމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން