ކުރިޔަށް އޮތް ވަގުތު ތަކުގައި ރާއްޖޭގެ މޫސުން ރަނގަޅު ނުވާނެ ކަމަށް ލަފާކުރެވޭތީ ބައެއް ސަރަހައްދުތަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ މާލެ އަތޮޅުން ފެށިގެން ހައްދުންމައްޗަށް މިރޭ 21:00 އިން ފެށިގެން މެންދަމު 2:00 އަށެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ ހުދު ސަމާލުގެ ނެރުނު ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައިވާއިރު، މެޓުން ވަނީ މިއަދު ދެކުނުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ވެސް ނެރެފައެވެ.
މިއަދު މެޓުން ރީނދޫ ސަމާލު ނެރެފައި ވަނީ ދެކުނުގައި ހިމެނޭ އަތޮޅުތަކުގެ ތެރެއިން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ހުވަދުއަތޮޅުގެ ދެބުރީގެ ރަށްތަކަށެވެ. އެގޮތުން އެ ރަށްތަކަށް ރީނދޫ ސަމާލު ފުރަތަމަ ނެރުނީ ރޭ ފަތިހު 5:30 އިން 8:30 އަށެވެ. އަދި އެ ރީނދޫ ސަމާލު ދަންމާލީ ހެނދުނު 8:30 އިން މެންދުރު 12:30 އާ ހަމައަށެވެ.

ކިޔުންތެރިންގެ ހިޔާލު