މުދައްރިސުންނަކީ ގައުމު ބިނާކުރުމުގެ އެންމެ އިސް ދައުރެއް އަދާކުރާ މޭސްތިރިންކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ މުދައްރިސުންގެ ދުވަހާއި ގުޅުވައި ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ އެންމެހާ މުދައްރިސުންނަށް އަރިސްކުރައްވާފައެވެ.

އަދި ވިދާޅުވީ، މުދައްރިސުންނަކީ ޙަޤީޤަތުގައިވެސް ޤައުމު ބިނާކުރުމުގެ އެންމެ އިސް މޭސްތިރިން ކަމަށާއި އަދި ދެމެހެއްޓެނިވި ތަރައްޤީގެ އެންމެ މުހިންމު ބިންގަލަކީ ވެސް މުދައްރިސުން ކަމަށެވެ.

ޝާހިދު ވިދާޅުވީ އެ ބޭފުޅުންނަކީ ދަރިވަރުންގެ އަޚްލާޤާއި، އުޅުމާއި، އިޖްތިމާޢީ ގުޅުންތައް ރަނގަޅުކޮށް، ހެޔޮ މަގަށް އިރުޝާދުދީ، ކެނޑިނޭޅި މަސައްކަތް ކުރައްވާ ހިތްވަރުގަދަ ބަޠަލުންތަކެއް ކަމަށެވެ. އަދި މުދައްރިސުންގެ އަގުހުރި ޚިދުމަތާމެދު އަބަދުވެސް ފަޚުރުވެރިވާ ކަމަށާއި އެހެންކަމުން މުދައްރިސުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށް ވަނީ ވިދާޅުވެފައެވެ.

މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް މިހާރުވަނީ އެކިކަހަލަ ހަރަކާތްތައް ކުރިއަށްގެންދަން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން