ރީކޯ މޫސާ މަނިކު
ރީކޯ މޫސާ މަނިކު
މިރެެއިން ފެށިގެން ރޭގަނޑު 8:00 އިން ފަތިހު 5:00 އަށް މާލެ ސަރަހަައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރަން ސަރުކާރުން ނިއްމުމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު އެޗްޕީއޭ އަށް ތައުރީފް ކުރައްވައި މަރުހަބާ ވިދާޅުވެއްޖެއެވެ.

މިރެއިން ފެށިގެން ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 05:00 އާއި ދެމެދު މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށް ސަރުކާރުން ވަނީ އެކަން އިއުލާންކޮށްފައެވެ. އެނިއްމުމަށް ގިނަ އަދަދެއްގެ އާންމުންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އެންމެ ފުރަތަމަ ހުއްޓާލީ މަތިންދާބޯޓާއި ރޭލްވޭ ފަދަ ތަންތަން ކަމަށެވެ.

އޭގެފަހުން ސިޓީތަކުގެ އެތެރޭގެ ދަތުރުތައް ހުއްޓާލާފައިވާއިރު އެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ ސަބަބުން ކޮވިޑް ބަލިން އެގައުމުތަށް މިންޖުވަމުންދާ ކަަމަށް ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު ރީކޯ މޫސަ ވިދާޅުވިއެވެ.

"ދެން ހުއްޓާލީ ސިޓީތަކުގެ އެތެރޭގެ ދަތުރުތައް އިގްތިސާދީ ގެއްލުންތަކާއި އެކުވެސް މި ފިޔަވަޅުތައް ތަންފީޒުކުރި ގައުމުތަށްދަނީ ކޮވިޑުން މިންޖުވަމުން، މަރުހަބާ އެޗްޕީއޭ." މޫސަ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން އާދަޔާ ޚިލާފަށް އިތުރުވުމާ ގުޅިގެން މިރޭގެ 8:00 އިން ފަތިހު 5:00 އާ ދެމެދު ވެހިކަލްތައް ދުއްވުން ވަނީ މަނާކޮށްފަ އެވެ.

ރޭގަނޑު 20:00 އިން ފަތިހު 05:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރުމުގެ ބޭނުމަކީ އެންމެ ބޮޑަށް ބަލި ފެތުރޭކަމަށް ރިކޯޑުކުރެވިފައިވާ ޒުވާނުންގެ އިޖުތިމާއީ އެއްވުންތަކާއި ދަތުރުކުރުންތައް ވީހާވެސް ބޮޑަކަށް ހުއްޓުމަކަށް ގެނައުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ. އެޗްޕީއޭ އިން ބުނީ މި ފިޔަވަޅުތަކަކީ ކޮންމެ ހަފްތާއެއްގެ ހާލަތަށް ރިއާޔަތްކޮށް މުރާޖައާ ކުރެވިގެންދާނެ ފިޔަވަޅުތަކެއް ކަމަށެވެ.

އަދި ކުރިއެކޭ އެއްގޮތަށް ރޭގަނޑު 10:00 އިން ފަތިހު 5:00 އާ ދެމެދު ބޭރުތެރޭގައި އުޅުން ވެސް ވަނީ މަނާކޮށްފައެވެ. ފިހާރަތަކާއި ކެފޭ/ ރެސްޓޯރަންޓުތައް ވެސް ކޮންމެ ރެއެއްގެ 9:30 ގައި ބަންދު ކުރަން ޖެހޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން