ޝާން މުހައްމަދު   6 އޮކްޓޯބަރު 2024 - 9:26
ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ(މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހުދު ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 7:45 އިން 13:45 އަށެވެ.

މެޓުން ނެރުނު ހުދު ސަމާލުގައި ބުނެފައިވަނީ މި ވަގުތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ.

މި ވަގުތު ތަކުގައި ރާއްޖޭގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ.

މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްކަން ފާހަގަ ކުރެވެއެވެ. އެހެންވެ، މޫސުމާ ބެހޭ އިދާރާއިން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ސަމާލު ނެރެމުންނެވެ. އަދި ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން