މާލެ ލޮކްޑައުން ހާލަތުގައި؛ މިހާލަތަށް އަލުން ނުދިއުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ
މާލެ ލޮކްޑައުން ހާލަތުގައި؛ މިހާލަތަށް އަލުން ނުދިއުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ
ރޭގަނޑު 20:00 އިން ފަތިހު 05:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރުމުގެ ބޭނުމަކީ އެންމެ ބޮޑަށް ބަލި ފެތުރޭކަމަށް ރިކޯޑުކުރެވިފައިވާ ޒުވާނުންގެ އިޖުތިމާއީ އެއްވުންތަކާއި ދަތުރުކުރުންތައް ވީހާވެސް ބޮޑަކަށް ހުއްޓުމަކަށް ގެނައުމަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިއަދު ބުނެފައިވަނީ އެ އެޖެންސީ އިން ކޮންމެ ހަފްތާއެއްގެ ހާލަތު ދިރާސާކޮށް ބަލި ފެތުރުން މަޑުޖެއްސުމަށްޓަކައި ހާލަތާ އެންމެ އެކަށޭނެ ފިޔަވަޅުތައް ދެނެގަނެ އެގޮތަށް އަމަލު ކުރާނެ ކަމަށެވެ.

"މިދިޔަ ހަފްތާގައި ބަލި ޖެހުނު މީހުންގެ އަދަދާއި ހަސްފަތާލުގައި ފަރުވާ ދިނުމަށް އެނދުމަތި ކުރެވުނު މީހުންގެ އަދަދުތައް ކަންބޮޑުވާންޖެހޭ މިންވަރަކަށް މަތިވެފައި ވާތީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް ވަނީ މަޖުބޫރުވެފައި." އެޗްޕީއޭއިން ބުނެފައިވެއެވެ.

އެޗްޕީއޭ އިން ބުނީ މި ފިޔަވަޅުތަކަކީ ކޮންމެ ހަފްތާއެއްގެ ހާލަތަށް ރިއާޔަތްކޮށް މުރާޖައާ ކުރެވިގެންދާނެ ފިޔަވަޅުތަކެއް ކަމަށެވެ.

"ބަލި ޖެހޭ މީހުންނާއި ހަސްފަތާލުގައި ބާއްވައިގެން ފަރުވާ ދޭންޖެހޭ މީހުން މަދުވެ، ހާލަތު ރަނގަޅުވާ ވަރަކުން ފިޔަވަޅުތައް ލުއިކޮށް އުވާލެވޭނެ. އަޅުގަނޑުމެންގެ އިލްތިމާސްއަކީ ހުރިހާ ބޭފުޅުންވެސް ބަލިފެތުރުން މަޑު ޖެއްސުމަށް އަޅުގަނޑުމެންނާއެކު މަސައްކަތްކޮށްދެއްވުން." އެޗްޕީއޭ އިން ބުނެފައިވެއެވެ.

އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިއަށް އެޗްޕީއޭ އިން ގެނައި ބަދަލާއި ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހާއްސަކޮށް ހުޅުމާލޭގައި ދިރިއުޅޭ ނަމަވެސް ވަޒީފާއަށް މާލެ އަންނަން ޖެހޭ މީހުން އެނިންމުމަމާމެދު ވަރަށް ބޮޑަށް ޝަކުވާ ކޮށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން