ރާއްޖެ އަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތި ހާލަތާއި ގުޅިގެން އިންޑިޔާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެެ.

ބީ.ބީ.ސީއަށް ދެއްވި އިންޓަވިއު އެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖެއަށް ކުރިމަތިލާންޖެހިފައިވާ އިޤްތިޞާދީ ހީނަރުކަމުގައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އެބަ އޮތްކަމަށެވެ. ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު އިންޑިޔާއަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ. އަދި ރާއްޖެއިން އުފުލަންޖެހޭ މާލީ ބުރަ ލުއި ކޮށްދިނުމަށް ތަރައްގީގެ އެންމެ ބޮޑު ބައިވެރިއެއްގެ ހައިސިއްޔަތުން އެގައުމުން އެހީވާނެ ކަމަށް ގަބޫލުފުޅު ކުރަށްވާ ކަަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މާލީ ޙާލަތު އިންޑިއާއަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އަދި ތަރައްޤީގެ އެންމެ ބޮޑު އެއް ބައިވެރިއެއްގެ ހައިސިއްޔަތުން، އަޅުގަނޑުމެންގެ ބުރަ ލުއިކޮށްދިނުމަށާއި، އަޅުގަނޑުމެން ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތަކަށް ރަނގަޅު ޙައްލުތަކާއި ބަދަލުތައް ހޯދައިދިނުމަށް އަބަދުވެސް ތައްޔާރަށް ތިއްބަވާނެ،" ބީ.ބީ.ސީ އަށް އީމެއިލް އަކުން ދެއްވި ޖަވާބުގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖެއާއި އިންޑިޔާ ދެމެދުގައި މައްސަލަ އެއް ހުރި ނަމަ އެކަން ހައްލުކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ޔަޤީން އެއްވެސް ތަފާތުތަކެއް ހުރިނަމަ، ހުޅުވާލެވިފައިވާ މަޝްވަރާތަކާއި އެކަކު އަނެކަކު ދެނެގަތުމުގެ ތެރެއިން އެކަންކަން ހައްލުކުރެވޭނެކަމަށް." ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރަސްމީ ދަތުރުފުޅެއްގައި ރައީސް މުޢިއްޒު މިއަދު ވަނީ އިންޑިޔާ އަށް ފުރާވަޑައިގެންފައެވެެ. އިންޑިއާއަށް ރައީސް ކުރަށްވާ ފަސް ދުވަހުގެ ދަތުރުފުޅުގައި ސަތޭކަ މިލިއަން ޑޮލަރުގެ އެހީއަކަށް އެދިވަޑައިގަންނަވާނެ ކަމަށް ބެލެވޭ ކަމަށް ބީ.ބީ.ސީއިން ވަނީ ރިޕޯޓްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން