ރާއްޖެ އައިއެމްއެފް ޕްރޮގުރާމަކާ ގުޅެން ވިސްނާވަޑައި ނުގަންނަވާ ކަމަށާއި އިގްތިސާދީ ދަތި ހާލަތުން އަރައިގަތުމަށް ގެންގުޅޭނީ އަމިއްލަ އެޖެންޑާއެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބީ.ބީ.ސީ އަށް ދެއްވި އިންޓަވިއު އެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އިގްތިސާދީ ދަތިތަކަމުން އަރައިގަތުމަށް އައިއެމްއެފްގެ ޕްރޮގްރާމަކާ ގުޅެން ވިސްނާވަޑައި ނުގަންނަވާ ކަމަށެވެ. އަދި ރާއްޖެއިން ގެންގުޅޭނީ ރާއްޖޭގެ އަމިއްލަ އެޖެންޑާއެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު, ވިދާޅުވީ ރާއްޖެއިން ނަގާފައިވާ ބޭރުގެ ދަރަނި ނުދެއްކިދާނެ ކަމުގެ ނުރައްކަލެއް ކުރިމަތިވެފައި ނެތް ކަމަށެވެ.

އެހެންކަމުން އައިއެމްފްގެ ޕްރޮގުރާމަކަށް ރާއްޖެ ނުދާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރާއްޖެއިން ސޮވަރިން ޑީފޯލްޓަކަށް ނުދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ދަރަނީގެ ކަންކަން މެނޭޖުކުރަން "ހޯމް-ގްރޯން އެޖެންޑާ" އެއް އެބަ އޮތް ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު އެ އިޝާރާތްކުރެއްވީ ސަރުކާރުގެ ހަރަދުތައް ކުޑަކުރަން ފަށައިގެން އުޅޭ ކަމަށް ބުނާ ޕްރޮގްރާމަށެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ސަރުކާރުގެ ހަރަދުތައް ކުޑަ ކުރަން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަން ރައީސް މުއިއްޒު ވަނީ ހާމަކުރައްވާފައެވެ. އަދި ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ސަރުކާރުގެ ހަރަދުތައް ކުޑަ ކުރަން ފިޔަވަޅުތަކެއް އަޅަން ރައީސް މުއިއްޒު ވަނީ ނިންމަވާފައެވެ. އެގޮތުން ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ އެޖެންޑާގައި ހިމެނޭ ކަންކަމުގެ ތެރޭގައި ސަބްސިޑީ ނިޒާމާއި އާސަންދަ ރިފޯމުކުރުމާއި ސަރުކާރު ކުންފުނިތައް ރިފޯމުކުރުމުގެ އިތުރުން ސިޔާސީ މަގާމުތައް މަދުކޮށް، އިސްރާފު ހަރަދުތައް ކުޑަކުރަން ވަނީ ނިންމާފައެވެ.

އޭގެ އިތުރުން އާމްދަނީ އިތުރުކުރަން އިގުތިސޯދީ ހަރަކާތްތައް، ހާއްސަކޮށް ބޭރު ފައިސާ ލިބޭ ސިނާއަތްތައް، ފެށުމާއި ފުޅާކުރުން ހިމެނެ އެވެ. ރާއްޖެއަށް ބޭރު ފައިސާ ލިބުން ދަތިވުމާއި ގުޅިގެން ކްރެޑިޓް ރޭޓިން އެޖެންސީ ފިޗު އަދި މޫޑީސް އިން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން