ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު--
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު--
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭތީ ކައުންޓްޑައުން ފަށަން ނިންމައިފިއެވެ.

އެ ކައުންޓްޑައުން ފަށަން ނިންމިކަން އިއުލާންކުރެއްވީ ރޭ ޕީއެސްއެމުން ގެނެސްދިން ޕްރޮގްރާމެއްގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް އެވެ.

ރޭ މިނިސްޓަރު ވިދާޅުވީ 2026 ވަނަ އަހަރު ހިޖުރީ ގޮތުން 1448 ވަނަ އަހަރާ ބައްދަލުކުރާނެ ކަމަށެވެ. އަދި އެ އަހަރަކީ ރާއްޖެ އިސްލާމްވިތާ 900 ސަތޭކަ އަހަރު ފުރި އިސްލާމްކަމުގެ ސާސްކަފަކަށް ދިވެހި ތާރީޚު ދަތުރު ފަށާނެ އަހަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން އެ ތާރީޚީ މުނާސަބަތު ފާހަގަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް މުއިއްޒު އެފަދައިން ނިންމެވީ އިސްލާމްދީނަކީ ދިވެހި ގައުމިއްޔަތުގެ ބިންގާ ކަމަށްވެފައި، އެ މާތް ދީނަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަމުގެ ދީންކަމަށްވާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ދިވެހީން އެއް ރޫޙެއްގައި ދަމަހައްޓައި ދިވެހި ދައުލަތުގެ ސަގާފީ ސިޔާދަތު ފުރިހަމަ ވުމުގައި މާތްވެގެންވާ އިސްލާމްދީނަކީ އެންމެ ޚާއްޞަ ތަނބު ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން