ދަރުބާރުގެ ކައިރީގައި މިއަދު ކުރިއަށް ދިޔަ މުޒާހަރާގެ ތެރެއިން
ދަރުބާރުގެ ކައިރީގައި މިއަދު ކުރިއަށް ދިޔަ މުޒާހަރާގެ ތެރެއިން
ރެސްޓޯރެންޓް އެސޯސިއޭޝަންގެ ބަޔަކު ދަރުބާރުގޭ ކައިރީގައި އެޗްޕީއޭގެ ނިއްމުންތަކާއި ދެކޮޅަށް މުޒާހަރާކޮށް އަޑު އުފުލައިފިއެވެ.

ދަރުބާރުގެ ކުރިމަތީގައި މުޒާހަރާ ކޮށްފައިވަނީ އެޗްޕީއޭގެ ނިއްމުންތަކާއި ދެކޮޅަށް ލިޔެފައިވާ ބޯޑްތަށް ހިފައިގެންނެވެ. އެކި އެކިރެސްޓޯރެންޓްތަކުގައި މަސައްކަތް ކުރާ މީހުން ބައިވެރިވި މި މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ ރޭގަނޑު 20:00 އިން ފަތިހު 05:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރުމުގެ ސަބަބުން އެ މީހުންގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށެވެ.

ކުދި ވިޔަފާރިތަކަށް ފައިސާގެ އެހީތައް ދޭނެކަން ސަރުކާރުން އިއުލާން ކުރި ނަމަވެސް އެފައިސާ ލިބުނު ވިޔަފާރިއެއް ނެތް ކަމަށާއި ކުދި ވިޔަފާރި ތަކަށް ސަރުކާރުން ޖެއްސުން ކުރަމުންދާތީ ވިޔަފާރިތައް އޮތީ ބަނގުރޫޓްވާ ހާލަތުގައި ކަމަށް މުޒާހަރާގެ ބައިވެރިން ބުނެފައިވެއެވެ.

މީގެއިތުރުން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ވެސް ވިޔަފާރި ހިންގަނީ ގެއްލުމުގައި ކަމަށާއި، ތަނުގެ ކުލި ދައްކައި، މުސާރަ ދީ ހުރިހާ ކަމެއް ކުރަމުންދާއިރު މިފަދަ ގަވާއިދުތައް ހެދުމުން އުނދަގޫވާ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެ އެވެ.

މީގެ އިތުރުން މިރެ އިން ފެށިގެން ރޭގަނޑު 20:30 ގެ ފަހުން ޑެލިވަރީ ކުރުމުގެ ފުރުސަތުވެސް ނުދޭން ނިއްމައިފައިވާތީ މުޒާހަރާގެ ބައިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށް އެ ނިއްމުން ބަދަލުކުރުމަށް ގޮވާލާފައެވެ.

"ވިޔަފާރިތައް ދަނީ ކޮންމެ ދުވަހަކުވެސް އަޑި އަޅާލަމުން، ސަރުކާރު މުވައްޒަފުންނަށާއި، ސަރުކާރު މީހުންނަށް ލާރި ލިބުނަކަސް، އަޅުގަނޑުމެން ވިޔަފާރި ހިންގައިގެން އަޅުގަނޑުމެންނަށް ލާރި ލިބޭނީ". މުޒާހަރާގައި ޝުއޫރު ފާޅުކުރި މީހަކު ބުންޏެވެ.

ދަރުބާރުގެ ކައިރީގައި މުޒާހަރާ ފެށުމުން ފުލުހުން ވަނީ އެސަރައްދަށް ގޮސް މުޒާހަރާގެ ބައިވެރިން ޕޭމަންޓް މައްޗަށް ޖައްސާފައެވެ. ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާގޮތުން، ކޮވިޑް-19 އާއި ގުޅިގެން ގިނަ ރެސްޓޯރަންޓްތައް ވަނީ ބަނގުރޫޓުވާ ހިސާބުގައެވެ.

މުޒާހަރާގެ ބައިވެރިންނަށް ފަހުން ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިސް ބޭފުޅުންނާއި ބައްދަލު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދީފައެވެ. އެޗްޕީއޭއިން ބުނީ ރޭގަނޑު 20:00 އިން ފަތިހު 05:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރުމުގެ ބޭނުމަކީ އެންމެ ބޮޑަށް ބަލި ފެތުރޭކަމަށް ރިކޯޑުކުރެވިފައިވާ ޒުވާނުންގެ އިޖުތިމާއީ އެއްވުންތަކާއި ދަތުރުތައް ވީހާވެސް ބޮޑަށް ހުއްޓުމަކަށް ގެނައުމަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


3

ސޯބެ

23-Aug-2020

ބަލާ އެއްތާ ދޯ ކަލޭމެން ބައްޔާ ދެކޮޅަށް މުޒާހަރަ ކުރަންވީނުން ކޮންމެ ކަމެއް ސިޔާސީ ކޮށްގެން ފޮނުއަރުވާ އިރު ނޭނގޭތަ ބަލި ފެތުރި ހާލަތު ގޯސްވެގެންދާކަމެއް



ޓްރެންޑިން