ރާއްޖެއާއި އިންޑިއާ އަބަދުވެސް ތިބެންވާނީ އެކުވެރިންގެ ގޮތުގައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު އެ ގައުމަށް ވަޑައިގެންފަ އެވެ. އެކަމާ ގުޅިގެން ކުރީގެ ރައީސް މުޙައްމަދު ނަޝީދު "އެކްސް"ގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާ އާއި ރާއްޖެއަކީ ވަރަށް އެއްގޮތް ގިނަ ކަންތައްތަކެއް ހިއްސާކުރާ ދެ ގައުމު ކަމަށާއި ރާއްޖެ އާއި އިންޑިއާ އަބަދުވެސް ތިބެންވާނީ އެކުވެރިންގެ ގޮތުގައި ކަމަށެވެ.

ރާއްޖެ އާއި އިންޑިއާގެ ގުޅުން ރަނގަޅުވުމުން އެކަމާ އުފާކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ނަޝީދު ވަނީ އިންޑިޔާ އާއި ރާއްޖޭގެ ގުޅުން ރަނގަޅުވަމުންދާތީ ރައީސް މުޢިއްޒަށާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ޝުކުރު އަދާކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން