ދިވެހި ރައްޔިތުންނަށް ފައިދާވާނެ ކަންތައްތަކެއް ރާއްޖެ އިންޑިޔާގެ ގުޅުމުގެ ތެރެއިން ދެތިން ދުވަހު ފަހިވެގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ނިއު ދިއްލީގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވަން މިރޭ ބޭއްވެވި ހަފުލާއެއްގައެވެ. މިބައްދަލުވުމުގައި ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަނީ ވަރަށް ޒަމާންވީ ގާތްގުޅުމެއް ކަމަށެވެެ. އަދި އެމަނިކުފާނު ދަތުރުފުޅާ އެކު އެ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމަށް ފައިދާވާ ކަންކަން އިތުރަށް ފުރިހަމަވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މީގެ ނަތީޖާ، ފޮނިމީރުކަން އަޅުގަނޑުމެންނަށް ފެންނާނެ، ކުރިއަށް އޮތް ދުވަސްތަކުގައި،" ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން