ދިވެހި ރާއްޖެއާއި އިންޑިއާއާއި ދެމެދު އެކި ދާއިރާތަކުން ގާއިމުކޮށްފައިވާ ގުޅުންތަކުގެ 'ހަބަކަށް' ނިއު ދިއްލީ ހަދަން ބޭނުންފުޅުވާ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދެ ގައުމުގެ މެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަ ކުރުން މުހިއްމު ކަމަށެވެ. އެގޮތުން ވަކިން ހާއްސަކޮށް ނިއު ދިއްލީއަކީ ރާއްޖެއާއި އިންޑިއާއާއި ދެމެދު ހިންގާ ވިޔަފާރީގެ މުއާމާތްތަކާއި އެހެނިހެން ދާއިރާތަކާއި ގުޅުން ހުރި މުއާމަލާތްތައް ވެސް ކުރެވޭ ހަބަކަށް ހަދަން އެމަނިކުފާނު ބޭނުންފުޅުވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"ޓޫރިޒަމްގެ ދާއިރާއިން ވިޔަސް، ދަތުރުފަތުރުކުރުމުގެ ގޮތުން ވިޔަސް ހުރިހާ ގޮތަކުން މިއީ އިންޑިއާގެ ނިއު ދިއްލީއަކީ މި ދެންނެވި ގޮތަށް ދާއިރާތަކުން ރާއްޖެއާއި ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގައި މުހިއްމު ތަނަކަށް ހެދުން. އެހެންވީމަ މިކަން މިގޮތަށް ކުރިއަށް ގެންދިއުމަކީ އަޅުގަނޑުމެންގެ ވިސްނުން." ރައީސް މުޢިއްޒު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން