އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިންޑިއާ އާއި ރާއްޖެއާ ދެ ގައުމުގެ ގުޅުން ވަރަށް މުހިންމުކަމަށް އެމްއެންޕީގެ ރައީސް ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅާއި ގުޅުވައި ނާޒިމް މިރޭ އެކްސްގައި ވިދާޅުވީ، ސަރަހައްދީ ސަލާމަތަށްޓަކައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަކީ ވަރަށް މުހިންމު ގުޅުމެއް ކަމަށާއި އަދި އެ އަގުހުރި ގުޅުން އިތުރަށް ހަރުދަނާކޮށް ދެމެހެއްޓުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވުމަށް ރައީސްއަށް އިލްތިމާސް ކުރައްވާ ކަމަށެވެ.



ނާޒިމް މިހެން ވިދާޅުވިއިރު ރައީސް މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ ދެ ގައުމުގެ މެދުގައި އެކުވެރިކަން އާލާ ކުރުމަށް މަތީ ފެންވަރުގެ މަޝްވަރާތައް ކުރިއަށް ގެންދަން ނިންމަވާފައެވެ.

އެގޮތުން މާދަމާ އެމަނިކުފާނު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައެވެ. ރައީސްގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރަން މަސައްކަތްތަކެއް ކުރައްވާނެކަމަށާއި އެކަމަށް ރާއްޖެއިން ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށް ވަނީ ރައީސް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން