އިންޑިއާގެ ސަލާމަތީ މަސްލަހަތަށް އުނިކަމެއް އަންނާނެ ކަމެއް ދިވެހި ސަރުކާރުން ނުކުރާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި "ޓައިމްސް އޮފް އިންޑިއާ"އަށް ދެއްވި އެކްސްލޫސިލް އިންޓަވިއުއެއްގައެވެ. އެ އިންޓަވިއުގައި ރާއްޖެއިން ޗައިނާއާއެކު ވިޔަފާރިއާއި އިންވެސްޓްމެންޓްގެ އިތުރުން ދިފާއީ ގުޅުން ބަދަހިކުރަމުން އަންނައިރު އެކަމުގެ ސަބަބުން އިންޑިއާގެ ސަލާމަތީ މަސްލަހަތަށް ބުރޫއަރާފާނެތޯ އެނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އިންޑިއާއަކީ މުހިންމު ބައިވެރިއެއް ކަމަށާއި، އެ ގުޅުން ބިނާވެފައިވަނީ އިހްތިރާމާއި ދެ ގައުމުގެ މަސްލަހަތު އޮތް ކަންތައްތަކުގެ މައްޗަށް ކަމަށެވެ. އަދި އިންޑިއާއާ އެކު އޮތް ގާތް ގުޅުން ދެމެހެއްޓުމަށާއި، އިންޑިއާއާ އެކު ސަރަހައްދީ ހަމަޖެހުން ގާއިމް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، އިންޑިއާގެ ސަލާމަތަށް ގެއްލުންވާ އެއްވެސް ކަމެއް ދިވެހި ސަރުކާރުން ނުކުރާނެ ކަމަށެވެ. އެމަނިކުފާނު، ވިދާޅުވީ ރާއްޖެއިން އަބަދުވެސް އެންމެ އިސްކަމެއް ދެނީ އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކޮށް ދެމެހެއްޓުމަށް ކަމަށެވެ.

"ރާއްޖެއިން އަބަދުވެސް އިސްކުރާނީ އިންޑިއާއާއެކު އޮތް ޒަމާންވީ ވަރުގަދަ ގުޅުމަށް. އެހެން ގައުމުތަކާއެކު ބާއްވާ ގުޅުންތަކާއި ވެވޭ އެއްބަސްވުންތަކުގެ ސަބަބުން އިންޑިއާގެ ސަލާމަތަށް އަދި ސަލާމަތީ މަސްލަހަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދެން،" ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން