ރައީސް މުޢިއްޒަށް ރަސްމީކޮށް މަރުޙަބާ ދެންނެވުން
ރައީސް މުޢިއްޒަށް ރަސްމީކޮށް މަރުޙަބާ ދެންނެވުން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ރިޔާސީ ގަނޑުވަރުން އެމަނިކުފާނަށް ވަރަށް ހޫނޫ މަރުހަބާއެއް ދަންނަވައިފިއެވެ.

މިއަދު ހެނދުނު އިންޑިޔާގެ ރިޔާސީ ގަނޑުވަރު ރާޝްތްރަޕަތީ ބަވަންގައި ބޭއްވީ ހާއްސަ ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަށް މަރުހަބާ ދެންނެވީ އިންޑިއާގެ ރައީސް ދްރޫޕަތީ މުރްމޫއާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.

މި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒުގެ ދެކަނބަލުންގެ ޝަރަފުގައި އިންޑިއާ ސަރުކާރުން ވަނީ 21 ބަޑީގެ ގާޑް އޮފް އޮނަރ އެއް އަރުވާފައިވެއެވެ. މީގެ އިތުރުން އިންޑިޔާގެ އަސްކަރިއްޔާގެ ހާއްސަ ހަރަކާތްތަކަކާއި ސަގާފީ ހަރަކާތްތައްވެސް ދައްކުވައިދީފައިވެއެވެ.

މި ރަސްމިއްޔާތަށްފަހު ރައީސްގެ ދެ ކަނބަލުންވަނީ އިންޑިއާގެ މަޝްހޫރު ސޯޝަލިސްޓު މަހާތުމާ ގާންދީގެ މަގުބަރާ، ރާޖްގަޓަށް ޒިޔާރަތްކުރައްވާފައެވެ.

އިންޑިއާ ސަރުކާރުން ރައީސް ޑރ. މުޢިއްޒަށް ރަތް ދޫލައިން ކިޔުއްވި މަރުހަބާގައި ރައީސް މުއިއްޒުގެ އަރިހުގައި ވަޑައިގެންނެވި 50 ބޭފުޅުންގެ ވަފުދު ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާ އިއްޔެ ވަނީ ބައްދަލުކުރައްވައިފައެވެ. މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ ރޭގެ ވަގުތެއްގައި ދިއްލީގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ވެސް ބައްދަލުކުރައްވާފައެވެ.

މިއީ މިދިޔަ ނޮވެމްބަރު މަހު ރައީސް ޑރ. މުޢިއްޒު، މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އިތުރުން، މުމްބާއީއަށާއި ބެންގަލޫރަށްވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން