ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރަށްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ އިންޑިއާގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ހައިދަރުއާބާދު ހައުސްގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޮޑުވަޒީރުގެ ރަސްމީ ގެކޮޅަށް ވަޑައިގަތުމުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

މި ބައްދަލުވުމުގައި ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރަށްވާފައެވެ.

ރައީސް މުޢިއްޒު އާއި ބޮޑުވަޒީރު މޯދީއާ ދެމެދުގައި ކުރިއަށް ގެންދެވުނު ރަސްމީ މަޝްވަރާތަކަށްފަހު ދެ ޤައުމުން ގުޅިފައިވާ ބަޔާނެއް ނެރުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު ދެޤައުމުގެ ދެމެދުގައި މުހިންމު ދާއިރާތަކަކުން އެއްބަސްވުންތައް އެކުލަވާލާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ އިތުރުން، އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި އެ ޤައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާ އިއްޔެ ވަނީ ބައްދަލުކުރައްވައިފައެވެ.

މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ ރޭގެ ވަގުތެއްގައި ދިއްލީގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ވެސް ބައްދަލުކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން