ހަނިމާދޫ އެއާޕޯޓުގެ އައު ރަންވޭގެ މަސައްކަތް ނިންމައި ރާއްޖެއާ ހަވާލުކޮށްފި އެވެ.
ހަނިމާދޫ އެއާޕޯޓުގެ އައު ރަންވޭގެ މަޝްރޫ ނިންމުމަށްފަހު ރާއްޖެއަށް ޙަވާލުކޮށްފައިވަނީ ރައީސް މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް މުޢިއްޒު އާއި ބޮޑުވަޒީރު މޯދީއާ ދެމެދުގައި މިއަދު ކުރިއަށް ގެންދެވުނު ރަސްމީ މަޝްވަރާތަކަށްފަހުއެވެ.
މި ރަންވޭ ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދަ މޯދީ އެވެ.
ހަނިމާދޫ އެއަރޕޯރޓް ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން 2465 މީޓަރުގެ ރަންވޭއެއް ތަރައްޤީ ކޮށްފައިވާއިރު މިއީ އެންމެ ބޮޑެތި މަތިންދާ ބޯޓު ޖެއްސޭނެ ފެންވަރަށް ތަރައްގީކުރާ އެއަރޕޯޓެކެވެ. މި މަޝްރޫޢުއަށް އިންޑިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކޮށްފައި ވެއެވެ.
މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް އޭ 320 އާއި ބޮއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއަރޕޯޓުން ޚިދުމަތް ދެވޭނެކަމަށް ސަރުކާރުން ބުނެއެވެ. އަދި މިއީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ، ޒަމާނީ ރީތި ފަސިންޖަރ ޓަރމިނަލެއް ހިމެނޭ ޕްރޮޖެކްޓެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މިއީ ރައީސް ސާލިޙުގެ ސަރުކާރުން ފައްޓަވައިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ރަންވޭގެ މަސައްކަތް ނިމިފައިވާއިރު މިހާރު ނުފެށި ހުރީ ފިއުލް ޖެޓީގެ މަސައްކަތެވެ. އެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު