ރާއްޖެއިން އިންޑިއާ އާއެކު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގެ ބޮޑުވަޒީރު މޯދީއާ ބައްދަލުކުރައްވައި، ކުރެއްވި މަޝްވަރާތަކަށް ފަހުގައެވެ.
އެގޮތުން ފްރޭމްވޯކް އޮން ކަރަންސީ ސްވޮޕް އެރޭންޖްމަންޓް ފޯ ސާކް ކަންޓްރީސް 2027 – 2024 އެއްބަސްވުމުގެ ދަށުން އެމްއެމްއޭއަށް 400 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރުން 30 ބިލިއަން އިންޑިއަން ރުޕީސްގެ އަދަދާ ހަމައަށް އެކި ފަހަރު މަތިން ސްވޮޕް ނެގޭނެއެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ކަރަންސީ ވިންޑޯއަކުން އެމްއެމްއޭއަށް ސްވޮޕް ނެގުމަށް މަގުފަހި ވެގެންދާނެއެވެ. އެއީ އެމެރިކާ ޑޮލަރު ނުވަތަ ޔޫރޯ އަދި އިންޑިއާ ރުޕީ މެދުވެރިކޮށެވެ.
އެމްއެމްއޭ އިން ބުނީ މި އެއްބަސްވުމުގެ ސަބަބުން އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް އެ ގައުމަކަށް ނިސްބަތްވާ ފައިސާއިން ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި މިއީ ދެ ގައުމުގެ ދޭތެރޭ ކުރެވޭ ވިޔަފާރި އިތުރުވެ ހަރުދަނާ ވާނެ ކަމެއް ކަމަށްވެސް އެމްއެމްއޭއިން ބުނެފައިވެއެވެ.
ޑޮލަރު/ޔޫރޯ ސްވޮޕް ފެސިލިޓީން ކުރު މުއްދަތުގެ ފޮރިން އެކްސްޗޭންޖް ބޭނުންތަކަށް އެހީތެރިވެ، ރިޒާވް އިތުރު ކުރެވޭނެ އެވެ.
އިންޑިއާ އިން ރާއްޖެއަށް 400 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ދީފައި މިވަނީ ބޭރުގެ ދަރަނި އަދާކުރުމަށްޓަކައި ޑޮލަރުގެ ތާށިކަން ވަރަށް ބޮޑުވެ ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ގާތްގަނޑަކަށް 45 މިލިއަން ޑޮލަރަށް ދަށްވެފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު