ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ (ޓިވެޓް) ގެ ޕްރޮގްރާމްތައް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި، ދިވެހި ސަރުކާރުން އިނގިރޭސިވިލާތުގެ ސަފީރާއެކު މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަޝްވަރާތައް ބޭއްވުނީ މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ. ބައްދަލުވުމުގައި ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައި ކޮމިޝަނަރު މުޙައްމަދު ތައުފީޤް ވައްހާބު ބައިވެރިވެވަޑައިގަތް އިރު، ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މަރިޔަމް މާފިޔާ ބައިވެރިވެވަޑައިގަތެވެ.

މި މަޝްވަރާތަކުގައި ޓިވެޓް ޕްރޮގްރާމްތައް ކުރިއެރުވުމާއި، އެ ޕްރޮގްރާމްތައް ހިންގުމާ ގުޅޭގޮތުން ދިރާސާކުރުމުގެ އިތުރުން، މި ޕްރޮގްރާމްތަކުގެ ޒަރީއާއިން ޒުވާނުންގެ ހުނަރުވެރިކަން އިތުރުކުރުމަށް ދެ ޤައުމުން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން