މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
މެޓުން ބުނީ ކުރިޔަށް އޮތް ގަޑިތަކުގައި ރާއްޖޭގެ ސަރަހައްދުތަކުގައި ވަޔާއި ކަނޑުތައްވެސް ގަދަަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިރޭ 12:00 އާ ހަމައަށް މެޓުން ނެރުނު ސަމާލުގައި ބުނެފައި ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށްވެސް ލަފާ ކުރެވޭ ކަަމަށްވެސް ބުނެފައި ވެއެވެ.
މޫސުމާބެހޭ އިދާރާއިން ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް ދުވަހަށް ރާއްޖޭގެ މޫސުން ގޯސް ވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މެޓުން ބުނީ ހުޅަނގުދެކުނާއި ހުޅަނގުން، އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވަރަށް ވައި ވައިގަަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.
ރާއްޖޭގެ ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު