ޑިޖިޓަލް އިގްތިސޯދާ ގުޅޭ ދާއިރާތަކުން އިންވެސްޓްކުރުމަށް ރާއްޖެއަކީ ފަހި މާހައުލެއް އޮތް ތަނެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ނިއު ދިއްލީގައި ކުރިއަށް ގެންދިޔަ އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ދެެއްކެވި ވާހަކަފުޅުގައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖެ މިހާރު މިސްރާބު ޖަހާފައި ވަނީ ޑިޖިޓަލް އިކޮނޮމީއެއް ގާއިމް ކުރުމަށް ކަމަށެެވެ. އިންޑިއާއަކީ ޑިޖިޓަލް އިކޮނޮމީގައި އެންމެ ކުރީގައި އުޅޭ ގައުމު ކަން ފާހަަގަކުރަށްވަމުން ރައީސް މުޢިއްޒު ވަނީ ރާއްޖޭގައި ޑިޖިޓަލް އިކޮނޮމީ އެއް ގާއިމްކުރަން އިންޑިޔާގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ.
ރައީސް އިތުރަށް ވިދާޅުވީ އަމާޒަކީ މި ޒަމާނަށް ފެތޭ ގޮތަށް ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ފައިސާގެ މުއާމަލާތު ކުރާނެ ގޮތްތަކެއް ހެދުމަށް ކަމަށާއި އެހެންކަމުން ރައްކާތެރި ނިޒާމެއް ބޭނުންވާ ކަމަށެެވެ. އިންޑިއާގެ ތަޖުރިބާ އާއި އެހީތެރިކަން އެ ދާއިތާ އިން ބޭނުންވާކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މިހާރު ރާއްޖޭގައި ފޮރިން އިންވެސްޓްމަންޓުގެ އާ ގާނޫނަކަށް އަމަލުކުރަމުންދާ ކަން ފާހަގަކުރަށްވައި ރައީސް ވިދާޅުވީ އޭގެ ސަބަބުން އިންވެސްޓަރުންނަށް ރައްކާތެރިކަމާއި ޔަގީންކަން ލިބިދީފައިވާ ކަމަށެވެ. ހާއްސަކޮށް ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިންނަށް އޮތް ޔަގީންކަމާއި އިތުބާރު އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކުގެ އަމަލީ މަސައްކަތް ވެސް މި އަހަރުގެ ފަހުކޮޅު ފަށައި، ވިޔަފާރީގެ އިތުރު ފުރުސަތުތައް ފަހިވާނެ ކަން ފާހަގަކުރަށްވާފައެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވަން އިންޑިއާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. މިބައްދަލުވުމުގައި ރައީސް ވަނީ ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތައް ވެސް އިންޑިއާގެ ވިޔަފާރިވެރިންނަށް ހާމަކޮށްދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު