އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވުނީ ވަރަށް ފައިދާ ހުރި ބައްދަލުވުމެއް ކަމަށާއި އެގައުމާއެކު ކުރެވުނު މަޝްވަރާތަކާއި މެދު ހިތްޕުޅު ހަމަޖެހިވަޑަައިގަންނަވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެެވެ.

ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވަވައި އެގައުމާއެކު ތަފާތު އެކި ދާއިރާތަކުން މުހިއްމު ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފަ އެވެ.

މީގެ އިތުރުން އިންޑިއާގެ ރައީސް ޑްރޫޕަތީ މޫރްމޫއާ ރައީސް މުޢިއްޒު މިއަދު ވަނީ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ. އެބައްދަލުވުން ތަކާއި ގުޅިގެން އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، އިންޑިޔާގެ ރައީސާއި އަދި ބޮޑުވަޒީރާއެކު ވަރަށް ފައިދާހުރި ބައްދަލުވުންތަކެއް ބޭއްވުނު ކަމަށެވެ.



އަދި ތަރައްޤީގެ އެހީތެރިކަން އިތުރުކުރުމާއި، ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ފުންކޮށް ދެކެވުނު ވާހަކަތަކާމެދު އެމަނިކުފާނު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އިންޑިޔާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތީ ދިގު އަދި ތާރީޚީ ގުޅުމެއް ކަަމަށެވެ. އަދި ދެގައުމުގެ މެދުގައި ކުރެވުނު ބިނާކުރަނިވި މަޝްވަރާތަކުގެ އަގުވަޒަންކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަނީ މި ގުޅުން އިތުރަށް ހަރުދަނާކުރުމަށް އަޒުމް ކަނޑައަޅާފައެވެ. އަދި އިޤްތިޞާދީ އަދި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ ޕާޓްނަރޝިޕްގެ ވިޝަން ތަންފީޒުކުރުމަށް އެކުގައި މަސައްކަތްކުރުމަށް އަޅުގަނޑުމެން ބަލަމުންދާ ވާހަކަ ދަންނަވަމެވެ." ރައީސްގެ ޕޯސްޓުގައި ލިޔުއްވާފައިިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން