ޝާން މުހައްމަދު   8 އޮކްޓޯބަރު 2024 - 11:30
ރާއްޖޭގެ ރަސްމީ ރިޒާވް އާއި ޔޫޒަބަލް ރިޒާވް ފާއިތުވި ސެޕްޓެމްބަރު މަސް ނިމުނުއިރު ދަށަށް ގޮސްފައިވާ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރަސްމީ ރިޒާވް އާއި ޔޫޒަބަލް ރިޒާވް މި އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު އޮގަސްޓް މަހު އިތުރުވިއެވެ. ނަމަވެސް އެ އަދަދު ފާއިތުވި ސެޕްޓެމްބަރު މަސް ނިމުނުއިރު ވަނީ ދަށަށް ގޮސްފައެވެ.

ރަސްމީ ރިޒާވްގައި މި އަހަރުގެ އޮގަސްޓް މަސް ނިމުނުއިރު ހުރީ 444 މިލިއަން ޑޮލަރެވެ. ޔޫޒަބަލް ރިޒާވް، ބޭނުންކުރެވޭ ރިޒާވްގައި ހުރީ 61 މިލިއަން ޑޮލަރެވެ. 

އެމްއެމްއޭގެ ޑޭޓާބޭސްގައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 371 މިލިއަން ޑޮލަރެވެ. އަދި ކުރު މުއްދަތުގެ ދަރަނި އުނިކުރުމުން، ސެޕްޓެމްބަރު މަސް ނިމުނުއިރު ޔޫޒަބަލް ރިޒާވްގައި ހުރީ 49 މިލިއަން ޑޮލަރެވެ.



މި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ރަސްމީ ރިޒާވްގައި މި އަހަރުގެ ޖުލައި މަސް ނިމުނުއިރު ހުރީ 395 މިލިއަން ޑޮލަރެވެ. އަދި ބޭނުންކުރެވޭ ރިޒާވްގައި ޖުލައި މަސް ނިމުނުއިރު ހުރީ 43 މިލިއަން ޑޮލަރެވެ.



ރާއްޖޭގެ ރިޒާވް ދަށަށް ގޮސްފައިވާއިރު ރާއްޖެއަށް ބޭނުންވާ ތެލާއި ކާޑު އަދި ބޭސް ފަދަ އަސާސީ މުދާ އެތެރެކުރުމަށް މަހެއްގެ މައްޗަށް 70 މިލިއަނަށް ވުރެ ގިނަ ޑޮލަރު ބޭނުންވާކަން ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން