އެމްއެންޑީއެފުން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް މާލެ ސަރަހައްދުގައި ފަށައިފިއެވެ.



އެމްއެންޑީއެފުން މިއަދު ބުނީ، 2024 އޮކްޓޫބަރު 5 އިން 18 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގައި ހަތިޔާރާއެކު ތަމްރީނުތަކެއް ކުރަން ފަށާފައިވާ ކަމަށެވެ.

އެގޮތުން، ހަރަކާތްތައް ކުރިއަށްގެންދަނީ ހުޅުމާލެ ފޭސް-3، ފަރުކޮޅުފުށި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އިތުރުން ހުޅުމާލެ މެއިން ބަސް ސްޓޭޝަން (ފެރީ ޓާމިނަލް ކުރިމަތި) ގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.



މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާ އެކު ހަރަކާތްތެރި ވާނެކަމަށާއި ނަމަވެސް ލައިވް ވަޒަނާއި ގޮވާޒާތުގެ ނުރައްކާތެރި އެއްވެސް ބާވަތެއް މި ތަމްރީނުތަކުގައި ބޭނުން ނުކުރާނެކަމަށް އެމްއެންޑީއެފުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން