ދަނޑުވެރިކަމަށް ހާއްސަކޮށް އުފެއްދި އުޅަނދު "އެގްރި ބޯޓް" އިފްތިތާހުކޮށްފިއެވެ.

އެގްރި ބޯޓް އިފްތިތާހު ކޮށްފައިވަނީ އެކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ލޯކަލް ގަވަރނަންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރެވެ.

ބޯޓް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫއެންޑީޕީއާއި ޖަޕާން ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވެސް ވަނީ ބައިވެރިވެފައެވެ.

މި މަޝްރޫއާއި ގުޅޭގޮތުން ބައެއް ނޫސްތަކަށް އާދަމް ޝަރީފް ވިދާޅުވީ، ދިވެހި ދަނޑުވެރިން އުފައްދާ ބާވަތްތައް އެއް ތަނުން އަނެއް ތަނަށް ތާޒާ ކަމާއެކު ގެންދިޔުމަށް މި ބޯޓުގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނެކަމަށެވެ. އަދި މިކަމުގެ ސަބަބުން ދަނޑުވެރިންނަށް ވެސް ބޮޑެތި ފަސޭހަކަތެއް ލިބިގެން ދާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ޖަޕާނު ސަރުކާރުގެ އެހީގައި ޔޫއެންޑީޕީގެ ޕީޑީއެސްއޭއީގެ ދަށުން އުފައްދާފައިވާ މި ބޯޓު ފަރުމާކޮށްފައި ވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އިންނެވެ. ބޯޓު ފަރުމާ ކޮށްފައިވަނީ ދަނޑުވެރިކަމުގެ ބާވަތްތައް ރައްކާ ކުރެވޭނެ ތަންތަނާއި ސޯލާ ޕަވާ އެންޑް ޑްރައި ސްޓޯރޭޖް ފެސިލިޓީތަކާއި ކްރޫއަށް އަރާމުކޮށްލަން ތިބެވޭހެން ކޮޓަރިތައް ވެސް ހިމެނޭގޮތަށެވެ.

އެގްރި ބޯޓަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ފެށި މަޝްރޫއެކެވެ. ސަރުކާރު ނިމެން މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް މި މަޝްރޫއު ފެށިކަން އިއުލާނު ކުރިނަމަވެސް، ވެރިކަން ބަދަލުވިއިރު ވެސް އެމްޑީޕީއަށް އެ ވައުދު ފުއްދިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން