ފުލުހުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އަވަހާރަކޮށްލާނެކަމަށް ބުނެ ސޯޝަލް މީޑިއާގައި އިންޒާރު ދިން މީހާ ރޭ ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ރޭ ބުނީ، ރައީސްއާއި ސަރުކާރުގެ އިސް ބޭފުޅުންނަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދީފައިވާތީ އެ ޕޯސްޓްތައް ކުރި ފޭސްބޫކް އެކައުންޓްގެ ވެރިފަރާތް ގ. ސަންސާގެއާގެ ޢަބްދުﷲ މިއާދު (އުމުރުން 40 އަހަރު) ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އިންޑިއާގައި އުޅުމަށްފަހު ރޭ ރާއްޖެ އައި ވަގުތުއެވެ.

އޭނާއަކީ އެއްޖިއްސުން ގުޅުން ހިންގުމަށް ސޯޝަލް މީޑިއާގައި ގޮވާލާ ޕޯސްޓްތަކެއް ވެސް ކޮށްފައިވާ މީހެއްކަމަށް ފުލުހުން ބުނެއެވެ.

އދ ގައި ރައީސް ތަގުރީރު ކުރައްވާ މަންޒަރު ފެންނަ ވީޑިއޯއަކަށް މީހަކު ކުރި ކޮމެންޓެއް ގައި ވަނީ ރައީސަށް މަރުގެ އިންޒާރު ދީފައެވެ. އެގޮތުން، ރައީސްގެ "ކަރު ބުރިކޮށްލާނަން" ކަމަށާއި ރައީސަށް އިޝާރާތްކޮށް "ކަލޭ މާރާލަން" ކަމަށް ވެސް ލިޔެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން