ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް ބައްސާމް އަދީލު ޖަލީލު އަމީން އެވެނިއުއިން ގަނެފައިވާ ދެ އެޕާޓުމެންޓު ފުލުހުންނާ ހަވާލު ކުރަން އެންގި އެންގުމަށް އިޖާބަދީ އެ ދެ ތަން ފުލުހުންނާ އެންމެ ފަހުން ހަވާލުކޮށްފި އެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ބައްސާމް އަމިން އެވެނިއުއިން ދެ ފުލެޓު ގަތީ އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެންނެވެ. އެ ކަމަށް އެފްއޭއެމްގެ ފަައިސާއިން 3،084،000 ރުފިޔާ ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ ފައިސާއަކީ ކޮވިޑު ތެރޭގައި ކުލަބުތަކަށް ފައިސާ ދޫކުރަން ދުނިޔޭގެ ފުޓުބޯޅަ އިދާރާ، ފީފާއިން އެފްއޭއެމަށް ދިން 1.9 މިލިއަން ޑޮލަރުގެ ތެރެއިން ބައެއް ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާ އިރު އެ ދެ އެޕާޓްމަންޓް މިދިޔަ އާދިއްތަ ދުވަހު ހަވާލުކުރަން ކުރިން އޮތީ އަންގައިފަ އެވެ. ނަމަވެސް ބައްސާމް އެދިގެން އެ ދެ ތަން ހަވާލުކުރުން މި މަހުގެ 31އާ ހަމައަށް ފަސްކޮށްވެސް ދިނެވެ.

ނަމަވެސް އެކަމާ ގުޅިގެން ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށް ފުލުހުން ވަނީ ކުރީގެ ނިންމުން ބާތިލުކޮށް ރޭ 12އިގެ ކުރިން އެ ދެ ތަން ހަވާލުކުރަން އަންގައިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ރޭ 12 ޖެހިއިރު ފުލުހުންގެ އެންގުމާ އެއްގޮތަށް އެ ދެ ތަން ބައްސާމް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެ ފައިސާއަކީ ކޮވިޑު ތެރޭގައި ކުލަބުތަކަށް ފައިސާ ދޫކުރަން ދުނިޔޭގެ ފުޓުބޯޅަ އިދާރާ، ފީފާއިން އެފްއޭއެމަށް ދިން 1.9 މިލިއަން ޑޮލަރުގެ ތެރެއިން ބައެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން