މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ މުޅި ރާއްޖެއަށް ނެރެފައިވާ ވައިޓް އެލަރޓްގެ މުއްދަތު ދަންމާލައިފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން މިރޭ ނެރެފައިވާ ސަމާލުގައި ބުނެފައިވަނީ، މިރޭގެ 7:30 އިން މެންދަމު 1:30 އަށް މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވާނެ ކަމަށާއި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި ވިލާގަނޑުގައި 40 މޭލަށް ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭކަމަށާއި އަދި ކަނޑުތައް ވެސް ގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.

މޫސުން ގޯސް ދުވަސްވަރެއްކަމުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ. ވައިޓް އެލަރޓް ދަންމާލާފައިވާއިރު މިއަދު ވެސް މުޅި ރާއްޖެއަށް އޮތީ ވައިޓް އެލަރޓް ނެރެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން