ނިއުޅެމުންދާ ސިޔާސަތުން ފެނިގެންދަނީ އެމްޑީޕީގެ ހާރިޖީ ސިޔާސަތު ހަރުދަނާކަންކަމަށް އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އިންޑިއާއާއި ރާއްޖެއާއި ދެމެދު ގުޅުންތައް ވަރުގަދަ ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން އިންޑިއާއަށް މިހާރު އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅާއި ގުޅުވައި ނިޒާރު އެކްސްގައި މިއަދު ވިދާޅުވީ، ނިއުޅެމުންދާ ސިޔާސަތުތަކުން ފެނިގެންދަނީ އެމްޑިޕީގެ ހާރިޖީ ސިޔާސަތުތަކުގެ ހަރުދަނާކަން ކަމަށެވެ.

އަދި އެކަމުން އެނގެންވީ ދެ ޕާޓީ ދޭތެރޭ އޮންނަ ހަތުރުވެރިކަން ހިފަހައްޓަންޖެހޭނީ ދިވެހި ސިޔާސީ ފާރު ތެރޭގައި ކަމާއި އަވައްޓެރިންގެ އަގުވަޒަން ކުރުމުގައި ނާމޫނާ އަހުލާގު އޮންނަންޖެހޭނެކަން ކަމަށެވެ.

އޭގެ އިތުރުން އުނބަށްޖެހި ބޭޒާރުވާން ނުޖެހޭގޮތަށް އަމަލާއި ބަސްމަގު ބައްޓަން ކުރަން އެނގެންޖެހުމުގެ މުހިންމުކަން ވެސް އެކަމުން އެނގިގެންދާކަމަށް ނިޒާރުވަނީ ވިދާޅުވެފައެވެ.



ނުސީދާ ގޮތެއްގައި ނިޒާރު ފާހަގަ ކުރައްވާފައި އެވަނީ، މި ސަރުކާރުގައި އިސްކޮށް ތިއްބެވި ފަރާތްތަކުން އިދިކޮޅުގައި ތިއްބެވިއިރު އިންޑިއާއާއި ދެކޮޅަށް ދެއްކި ވާހަކަތަކެވެ. ހާއްސަކޮށް އިންޑިއާ އައުޓްގެ ނަމުގައި އިންޑިއާގެ މިލިޓަރީ ބޭރުކުރަން ފެށި ހަރަކާތުން މުޅި އިންޑިއާއާއި ރާއްޖެއާއި ޖެހޭގޮތް ވެގެންދިޔަ ދިޔުމަށްފަހު މި ސަރުކާރުން އެ ސިޔާސަތު ބަދަލުކޮށް އިންޑިއާއާއި ހުރިހާގޮތަކުން ވެސް ގާތް ގުޅުމެއް ބަދަހިކުރަން މަސައްކަތް ކުރުން ގިނަ ބަޔަކު ފާހަގަ ކުރަނީ "އުނބަށް ޖެހުން" ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން