ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މަރުގެ އިންޒާރުދިން މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

ރައީސް މުޢިއްޒަށް މަރުގެ އިންޒާރުދިން މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައިވާއިރު މި މައްސަލައިގައި ހައްޔަރު ކުރި މީހާ ރައީސް އަވަހާރަކޮށްލާނެ ކަމުގެ އިންޒާރުދީފައިވަނީ އދ ގެ އާންމު މަޖިލީހުގައި ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.

އދ ގެ އާންމު މަޖިލީހުގައި ރައީސް ވާހަކަފުޅު ދައްކަވަމުން ދިޔަ ވަގުތު ރައީސް އޮފީހުގެ ފޭސްބުކު ޕޭޖުން އެ އިވެންޓު ލައިވްކުރަމުން ގެންދިޔައިރު އެ ލައިވްއަށް މި މީހާ ކުރި ކޮމެންޓެއްގައި ވަނީ ރައީސް "މަރާލާނެ" ކަމަށް ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޢުމުރުން 40 އަހަރުގެ ޢަބްދުﷲ މިޔާދު ނަމަކަށް ކިޔާ މާލޭ މީހެކެވެ.

ފުލުހުން މިރޭ ބުނީ، އޭނާ ބޭނުން ކުރާ ކަމަށް ބެލެވޭ ފޭސްބުކް އެކައުންޓަކުން ރައީސް މުޢިއްޒަށާއި، ދައުލަތުގެ އެކި ފެންވަރުގެ ވެެރިންނަށް ނިސްބަތްކޮށް މަރާލާނެ ކަމަށް ބުނެ، އިންޒާރުދީ، އަދި އިތުރު އެހެން ފަރާތްތަކަށް ނިސްބަތްކޮށް މަރާލާނެ ކަމަށާއި، އެ ނޫން ވެސް ގޮތްގޮތުން ގެއްލުން ދޭނެ ކަމަށް ބުނެ ހަޑި ހުތުރު ބަހުން އެކި ޕޯސްޓްތައް ކުރަމުން ގެންދިޔަ ކަމަށެވެ.

ފުލުހުން ބުނީ ޢަބްދުﷲ މިޔާދު އެއް ޖިންސުން ގުޅުން ހިންގުމަށް ހިތްވަރު ދޭ ގޮތަށްވެސް ޕޯސްޓްތައް ކުރަމުންދާ ކަމަށެވެ.

އެ މައްސަލައާއި ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން