ތިލަދުންމަތީ ދެކުނުބުރީ ނޭކުރަންދޫގެ ތަރައްގީއަށް މުހިންމުވެފައިވާ ކަންކަން މި ސަރުކާރުން ކޮށްދޭނެކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ މިއަދު އެ ރަށު ކައުންސިލް މެންބަރުންނާއެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރި ކަންކަމުގެ ތެރޭގައި ރަށުގައި މިހާރު އޮތް ބޮޑު ހުސްބިމެއްގައި އެރަށުގެ ރައްޔިތުންނަށް އާމްދަނީ ލިބޭނެ ޕްރޮޖެކްޓެއް ފަށައިދިނުމަށާއި، އޭޓީއެމްގެ ޚިދުމަތް އަވަހަށް ފެށޭނެގޮތް ހެދުމާއި، ޕޮލިސް ސްޓޭޝަނެއްގެ ބޭނުންތެރިކަމާއި، ރަށުގެ އިންޖީނުގެ މީހުން އުޅޭ ސަރަހައްދުން ދުރުގައި ގާއިމުކުރުންފަދަ ކަންކަން ހިމެނެއެވެ.

މީގެ އިތުރުން ކައުންސިލަރުން ވަނީ އިންޑޯ ކުޅިވަރުތައްފަދަ ރަށުގެ ޒުވާނުންގެ ތަރައްޤީއަށް މުހިންމުކަންތައްތައް ވެސް ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމަށް އިސްކަންދެއްވައިގެން އެކަންކަން ހައްލުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވިއެވެ.

އަދި އޭގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަން، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ބައްލަވައިދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން