މޫސުން ރަނގަޅު ނޫން ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މެޓޑ އޮފީހުން ރީނދޫ ސަމާލު ނެރެފައި ވަނީ ތިލަދުންމަތީ އުތުރުބުރިން ފެށިގެން މުލަކަތޮޅާ ހަމައަށެވެ.

މޫސުމާ ބެހޭ އިދާރާއިން ނެރުނު ސަމާލުގައި ބުނެފައި ވަނީ ގަޑިއަކު 24 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނިގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަަމަށެވެ.

މޫސުމާ ބެހޭ އިދާރާއިން މީގެ ކުރިން ވަނީ މާޅޮސްމަޑުލު ދެކުނުބުރިން ފެށިގެން ނިލަންދެއަތޮޅު ދެކުނުބުރިއާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. އެ ސަމާލު ނެރެފައި ވަނީ މިރޭ 12:00 އާއި ހަމައަށެވެ. އެގޮތުން މެޓު އޮފީހުން ނެރުނު މި ސަމާލުގައި ބުނެފައިވަނީ އެވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މި ދުވަސްކޮޅު މޫސުން ރަނގަޅު ނޫން ކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން