މި ސަރުކާރަށް ވާރުތަވި ދަރަނި ދެއްކުމަށް އިންޑިޔާގެ ދަތުރުފުޅުގެ ސަބަބުން ކުރިއެރުން ތަކެއް ލިބިގެން ގޮސްފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ބެންގަލޫރުގައި ދިރިއުޅޭ ދިވެހީންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރަށް ދިހަ މަސް ދުވަސްވީއިރު ނެގި އެއްވެސް ދަރަންޏެއް ނޯންނާނެ ކަމަށެވެ. އެހެން ނަމަވެސް ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު މި ސަރުކާރަށް ވާރުތަވި ދަރަނި އެބަހުރި ކަމަށާއި އެދަރަނި ދެއްކުމަށް އިންޑިޔާގެ ދަތުރުފުޅުން ކުރިއެރުން ތަކެއް ލިބިފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.



"އަޅުގަނޑުމެންނާއި ސަރުކާރު ހަވާލުވިއިރު އިގްތިސާދު އޮތް ހާލަތުން ނަގައި ކޮޅަށް ޖެހުމަށްޓަކައި ކުރެވޭ މަސައްކަތުގައި ވެސް ވަރަށް ބޮޑު ކުރިއެރުމެއް މި ދަތުރުން ވަނީ ލިބިގެންގޮސްފައި، އަދި ތަރަައްގީގެ މަގުގައި ގެދޮރު ބިނާކުރުމާއި އުމުރާނީ ތަރައްގީގެ ދާއިރާއިން އެކިކަންކަން އަޅުގަނޑުމެންގެ އިގްތިސާދު ފުޅާކުރުމަށްޓަކައި ޓޫރިޒަމް އާއި އެގްރިކަލްޗަރ، މަސްވެރިކަން، އެހެން ގޮސް ވަރަށް ގިނަ ދާއިރާ ތަކަަށް އިންވެސްޓްމަންޓް ގެނައުމާއި އަދި އެހީތެރިކަން، އެކިކަހަލަ ލުއިގޮތްގޮތަަށް ލިބޭނެ މަގުތަައް ފަހިކުރަން މިދަތުރުގެ މަގުސަދަކަށްވީ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އިންޑިއާއަކީ ރާއްޖެއާއެކު އެތައް ގަރުނެއްގެ ޒަމާންވީ ގުޅުން އޮތް ގަައުމެއް ކަމަށެވެ. ރާއްޖެއަށް ބޮޑުވި ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ އިސްކަންދީގެން އެހީވި ގައުމަކީ އިންޑިއާކަން ވެސް އެއީ ހަގީގަތެއްކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އެހެންކަމުން އިންޑިއާއެކު ގާތް ގުޅުމެއް ބޭއްވުމަކީ ރައްޔިތުންގެ ހައްގުގައި މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވިގޮތުގައި އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ދަތުރުފުޅުގެ މަގްސަދުތައް ހާސިލްވި ކަމަށާއި އޭގެތެރޭގައި އިގްތިޞާދީ ދާއިރާއާއި އިޖްތިމާއީ ދާއިރާއިން ކާމިޔާބުވި ކަންކަން ހިމެނޭކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ މިދަތުރުފުޅުން ދިވެހި ރައްޔިތުންނަށް ގިނަ ކަންކަމަށް މަގު ފަހިވެގެންދިޔަ ކަމަށެވެ. އަދި ސަރުކާރުން ދިވެހިރައްޔިތުންގެ ހައްގުގައި ރައްޔިތުންނަށް މުހިންމު ކަންތައްތަކަކަށް މަސައްކަތް ފެށި، މިދަތުރުފުޅުން މަގު ހުޅުވިގެންދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު އަބަދުވެސް އިސްކުރައްވަނީ ދިވެހި ރައްޔިތުންނާއި ދިވެހި ގައުމު އިސްކުރުމުގެ ސިޔާސަތު ކަމަށާއި އެ ޚާރިޖީ ސިޔާސަތަށް ބަދަލެއް ނުގެންނަވާނެ ކަމަށެވެ.

"ދިވެހި ރައްޔިތުންނަށް ދިވެހި ގައުމަށް ފަހިވާގޮތަށް ކަންކަން ހަމަޖެހިގެންދާގޮތަށް ނުވަތަ ރައްޔިތުންގެ ކަންކަމަަށް ފަހިކުރެވޭގޮތަށް އަޅުގަނޑުމެންނަށް އެހީތެރިކަން ދޭ ހުރިހާ ގައުމަކާއި މެދު ވެސް ގާތްގުޅުމެއް ބާއްވާނަން، އެގާތްގުޅުން ބާއްވާއިރު އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލް ހިމާޔަތްވާކަން އަބަދުމެ ކަށަވަރުކުރާނަން،" ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން