މާލޭގެ ވިޔަފާރި ބަނދަރުގައި ހިލޭ ކޮންޓޭނަރު ބެހެއްޓޭ މުއްދަތު ހަތް ދުވަހަށް ކުޑަކުރަން ނިންމައިފި އެވެ.

މިހާރު އެ ބަނދަރުގައި ހިލޭ ކޮންޓޭނަރުތައް ބެހެއްޓެނީ ގިނަވެގެން 10 ދުވަހު އެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވީ އެ ނިންމުން ނިންމަން ޖެހުނީ މާލޭގެ ވިޔަފާރި ބަނދަރުގެ ޖާގަ ކުޑަކަމުން ދުނިޔޭގެ ބޮޑެތި ބޯޓުތަކަށް ހިދުމަތް ދިނުމުގައި ދަތިވާތީ ކަމަށެވެ.

އަދި ކޮންޓޭނަރު ހިލޭ ބެހެއްޓޭ މުއްދަތު ކުޑަކުރުމުން އެ ބަނދަރުން ޖާގަ ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަޖީހު ވިދާޅުވީ މިހާރު އެއް ފަހަރާ ވިޔަފާރި ބަނދަރުގައި ބެހެއްޓެނީ 2200 ކޮންޓެއިނަރު ކަމަށެވެ.

"މީގެ ހަފްތާއެއްހާ ދުވަސް ކުރިން ރާއްޖެ އައި ބޯޓަކުން 120 ކޮންޓެއިނާ ނުބޭލިގެން ޖާގަ ނުލިބިގެން އެ ބޯޓުގެ ކައްޕިން މާޔޫސްވެގެން ގޮސްފައި، އެންމެ ފަހުން އެ މީހުންގެ ވިސްނުން ބަދަލުވީ ކިހިނެއްހޭ ރާއްޖެ އާދެވޭނީ، އެހެންވީމާ މިގޮތަށް މިކަންކަން ދޫކޮށްލާކަށް ޕޯޓަކުން ނުބޭއްވޭނެ." ވަޖީހު ވިދާޅުވި އެވެ.

މިދިޔަ އަންގާރަ ދުވަހު ވަނީ ދުނިޔޭގެ އެންމެ ބޮޑު ޝިޕިން ކުންފުނި، މެޑިޓޭރޭނިއަން ޝިޕިން ކޮމްޕެނީ (އެމްއެސްސީ)ގެ ބޯޓެއް 800 އަށް ވުރެ ގިނަ ކޮންޓޭނަރާއެކު ރާއްޖެ އައިސްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން