މާލޭގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި ތިން އަހަރުގެ ކުއްޖަކަށް އަނިޔާ ވެއްޖެ އެވެ.

މި އެކްސިޑެންޓް ހިނގީ މިއަދު މެންދުރު ފަހު ވަގުތެއްގައި މަޖިދީމަގު ވިލާމާޓް ކައިރިންނެެވެ. އެކްސިޑެންޓް ހިނގީ ކަފިހި ހުރަހުން އެކުއްޖާ މަގުހުރަސް ކުރަނިކޮށް ސައިކަލެއްގައި ޖެހި އެކްސިޑެންޓްވެގެންނެެވެ. ކުއްޖާއަަށް ބޭރުފުށުން ބޮޑު އަނިޔާއެއް ނުވި ނަމަވެސް ވެއްޓި ޖެހި ނިއްކުރި އަށް ވަނީ އަނިޔާވެފައެވެ. އެ ކުއްޖާއަށް އައިޖީއެމްއެޗް ގައި ދަނީ ފަރުވާ ދެމުންނެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، އެކްސިޑެންޓްގެ ރިޕޯޓް ލިބުނީ މިއަދު 15:40 ހާއިރު ކަމަށެވެ. މިހާދިސާގައި އަނިޔާވި ކުއްޖާ ވެއްޓި ނިއްކުރި މަތިން ދުޅަވެފައިވާ ކަމަަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ސައިކަލު ދުއްވީ ދިވެހި ފިރިހެނެއް ކަމަށާއި އޭނާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ކަމަށެވެ.

ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން