އިބްރާހިމް ފަހީމް   10 އޮކްޓޯބަރު 2024 - 19:52
މަޝްހޫރު ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު، ބ. ކަމަދޫ އީދު ކުޅިވަރުގެ ތެރެއިން މަޝްހޫރުކަން ހޯދި އާމިނަތު ޒާރާއާއި ކައިވެނި ބައްލަވައިގެންފިއެވެ.

ސިޔާމް އާއި ޒާރާ ކައިވެނި ކުރީ މިއަދު ސިޔާމްގެ އޮޅުވެލިފުށި ރިސޯޓުގައެވެ. އަދި މައުލޫމާތު ލިބިފައިވާ ގޮތުގައި ކައިވެނި ޕާޓީ އޮންނާނީ މިރޭ ހަމަ އެ ރިސޯޓުގައެވެ.

އޭގެ އިތުރުން ކަމަދޫގައި މިރޭ ހާއްސަ ޖާފަތެއް ވެސް ބާއްވަން ރާވާފައިވާކަމަށާއި ކައިވެނީގެ ރަނެއްގެ ގޮތުގައި ކިޔާފައި ވަނީ 2024 ރުފިޔާ ކަމަށް މައުލޫމާތު ލިބެއެވެ.

ސިޔާމް އާއި ޒާރާގެ ކައިވެނި މިއަދު ކޮށްފައިވާއިރު އޭގެ ކުރިން ރަންކިޔުމަށް ބޭއްވި ހަފްލާގައި ޒާރާ ހުށަހަޅައިދިން ލަވައެއް ވަނީ ގިނަބައެއްގެ ސަމާލުކަން ހޯދާފައެވެ.

ސިޔާމަކީ މިހާރު ވެސް ރާއްޖޭގައި 6 ރިސޯޓެއް ހިންގާ ވިޔަފާރިވެރިއެކެވެ. އަދި ރާއްޖެއާއި ރާއްޖޭން ބޭރުގައި ވެސް އޭނާގެ ގޯތިގެދޮރު ހުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން