މޯލްޑިވިއަނުން ކޫއްޑޫއަށް ކުރަމުން އައި ދަތުރުތައް ހުއްޓާލަން އެ އެއަރލައިނުން ނިންމައިފިއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމު މިއަދު ވިދާޅުވީ، ގއ. ކޫއްޑޫ އެއާޕޯޓުގެ ރަންވޭ އާއި އޭޕްރަން ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން، މޯލްޑިވިއަންގެ ދެ ބޯޓެއް ގްރަންޑު ކުރަންޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެ ހާލަތުގައި ދަތުރުކުރާ ނަމަ ބޯޓާއި ދަތުރު ކުރާ ފަރާތްތަކުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ލަފާކުރެވޭތީ އެ އެއަރޕޯޓަށް ދަތުރުތައްކުރުން ހުއްޓާލަން ނިންމާފައިވާކަމަށް ޑީއެމްޑީ ވިދާޅުވިއެވެ.

"ކޫއްޑޫގައި ވަރަށް ދުވަސްވެއްޖެ، ވެރިފަރާތާ ވެސް މިކަމުގައި ވާހަކަ ދައްކާތާ. ރަންވޭ އާއި އޭޕްރަން ހަލާކުވެފައިވާތީ. އޭވިއޭޝަން އޮތޯރިޓީގެ ސަމާލުކަމަށް ވެސް އެކަން ގެނެސްފައިވާނީ،" އޭނާ ވިދާޅުވި އެވެ.

ޢަލީ ސަލީމް ވިދާޅުވީ، ރަންވޭގެ އެ މައްސަލަތައް ހައްލު ކުރިހާ އަވަހަކަށް އެ އެއަރޕޯޓަށް އަލުން ދަތުރުތައް ފަށާނެކަމަށެވެ.

ކޫއްޑޫ އެއަރޕޯޓަކީ 2012 ވަނަ އަހަރު ހުޅުވި އެއަރޕޯޓެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން