ފާހިޝް ޢަމަލުތަކުން މުޖުތަމަޢު ސަލާމަތްކުރެވޭނީ މީޑިއާއިތަކުން މަސްއޫލިއްޔާތު އަދާކޮށްގެން ކަމަށް މިއަދުގެ ޚުޠުބާގައި ބުނެފިއެވެ.

މިއަދު ޚުޠުބާ އަލިއަޅުވާލައިފައި ވަނީ ޒިނޭގެ ނުބައިކަމުގެ މައްޗަށެވެ.

އެންމެ ނުރައްކާތެރި ފާހިޝް ޢަމަލަކީ ޒިނޭކަން ފާހަގަކޮށް ޚުޠުބާގައި ބުނީ ޒިނޭއަކީ އެ ކަމުގައި ހަލާކާއި ބަލިމަޑުކަން ހިމެނޭ ހަޑިމުޑުދާރު އަމަލެއް ކަމަށެވެ. އަދި އެއް ޖިންސުން ގުޅުން ހިންގުމާއި ޒިނޭކުރުން ޢާއްމުވެއްޖެ ތަނެއް ﷲ ހަލާކުކުރައްވާނެ ކަމަށެވެ.

ޚުޠުބާގައި ބުނީ ޒިނޭގެ ސަބަބުން ނުރައްކާތެރި ބަލިތައް ފެތުރުމުގެ އިތުރަށް މުޖުތަމަޢުގެ އިޖުތިމާއީ ފޭރާން ހަލާކުވެދާ ކަމަށެވެ. އަދި އާއިލާތައް ރޫޅި، ނަސްލު އޮޅި، ރަށްމެދަށް ވިހާ ކުދިން ގިނަވެ ހައްޔަރުން ނައްޓުވައިލައިގެން ދަރި ވައްޓައިލުން ފަދަ ދީނުގައި ހަރާމް އެތައް ފާފަތަކަކަށް އަރައިގަނެވޭކަން ޚުޠުބާގައި ހަނދާންކޮށްދީފައި ވެއެވެ.

ޚުޠުބާގައި އިތުރަށް ބުނީ ޖިންސީ ފާހިޝް ޢަމަލުތަކުގެ ސަބަބުން ޖެހޭ ބަލިތަކުން ރައްކައުތެރިވެވޭނީ އިސްލާމީ އުސޫލުތަކަށް ތަބާވެގެން ކަމަށެވެ. ހަމަ އެހެންމެ ކާވެނީން ބޭރުގައި ޖިންސީ އަމަލުތައް ހިންގުމާ މުޅީން ދުރުހެލިވެސް ވެގެން ކަމަށެވެ.

"ފާޙިޝް ޢަމަލުތަކުން މުޖުތަމަޢު ސަލާމަތްކުރެވޭނީ މައިންބަފައިންނާއި، ތަޢުލީމުދޭ މުއައްސަސާތަކުންނާއި، ޚަބަރުފަތުރާ ވަޞީލަތްތަކުން އެ ފަރާތްތަކުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެންނެވެ. ޒުވާނުންނާއި ދަރީން ރަނގަޅަށް ތަރުބިޔަތުކޮށްގެންނެވެ. އެ މީހުންގެ އަތުގައި ޝައިޠާނާ ހިފުން މަނާކޮށްގެންނެވެ." ޚުޠުބާގައި ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން