ރާއްޖެ އިން އިތުރު 119 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 100 ދިވެހިންނާއި 19 ބިދޭސީންނެވެ. މިއާއެކު ރާއްޖޭގައި ބަލިޖެހުނު މީހުންގެ ޢަދަދު ވަނީ 6779 އަށް އަރާފައެވެ. މާލެ ފިޔަވައި ރާއްޖޭގެ 22 ރަށަކާއި، 12 ރިސޯޓެއްގައި ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުން އެބަތިބި ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 2531 މީހުން މިހާރުވެސް އެބަތިއްބެވެ. އެއީ 1968 ދިވެހިންނާއި، 563 ބިދޭސީންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވެފައިވަނީ 109 މީހުންވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 4222 އަށް އަރާފައެވެ.

ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މިރޭ 20:00 އިން ފެށިގެން ފަތިހު 05:00 އަށް އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާ ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު